Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި މިއަދު އަންނަނީ ދެވަނަ ބުރުގެ އަދި އަލުން ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދަމުންނެވެ.

އެގޮތުން ވޯޓުލުން މިއަދު ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 04:00 އަށްކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

ދެވަނަ ބުރު އަދި އަލުން ވޯޓުލުމަށް ނިންމާފައިވަނީ ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، ލ. ކަލައިދޫގެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރިނަމަވެސް، އެމްޑީޕީއަށް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވަނީ މާލެއިންނެވެ. އެމްޑީޕީއަށް އިންތިހާބުގައި މާލޭގެ މޭޔަރުކަމާއި މެޖޯރިޓީވެސް ވަނީ ގެއްލިފައެވެ.