Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ފިލްމް"ރާދޭ" ގެ ޓްރެއިލާ ހަފްތާއެއްގެ ތެރޭގައި 70 މިލިއަން މީހުން ބަލައިފި

ބޮލީވުޑްގެ ބާއިޖާންގެ ލަޤަބު ލިބިފައިވާާ މަޝްހޫރު ބަޠަލު ސަލްމާން ޚާންގެ ނެރެން ހަމަޖެހިފައިވާ ފިލްމް"ރާދޭ" ގެ ޓްރެއިލާ ނެރުނުތާ ހަފްތާއެއްގެ ތެރޭގައި 70 މިލިއަން މީހުން ބަލައިފިއެވެ.

އެ ޓްރެއިލާއަށް ވަނީ ޔޫޓިއުބުން ނަމްބަރު 1 އަދި ޓްވިޓާއިން ނަމްބަރު 3 ހޯދާފައެވެ.

ފިލްމް "ރާދޭ" އީދު ބަންދުގައި ރިލީސް ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެ ތާރީޚަށް ބަދަލެއް އައިސްދާނެ ކަމަށް ބެލެވޭ ކަމަށް ފިލްމް އުފެއްދި ފަރާތުން ވަނީ ބުނެފައެވެ. އިންޑިއާގެ މިހާރުގެ ހާލަތަށް ބަލާފައި ފިލްމަށް ސަޕޯޓް ލިބޭނެ ގޮތަކަށް ފިލްމް ރިލީސް ކުރުމަށް އެ މީހުން ދަނީ ވިސްނަމުންނެވެ.

މި ފިލްމުގައި ސަލްމާން ޚާން އާއެކު، ދިޝާ ޕާޓްނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް، އަދި މޭގާ އާކާޝް ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރ ޕްރަބޫ ދޭވާއެވެ.

އަދި އޮތްގޮތުން ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 13 މެއި 2021 ގައެވެ.