Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

އޮކްސިޖަން ފުޅި ކަމަށް ބުނެ އަލިފާން ނިވާ ފުޅި ވިއްކި ބަޔަކު ހައްޔަރުކޮށްފި

ކޮވިޑްގައި ހާލު ދެރަވެގެން އޮކްސިޖަން ބޭނުންވެގެން އުޅުނު މީހުންނަށް އޮކްސިޖަން ކަމަށް ބުނެ އަލިފާން ނިއްވާ ފުޅި ވިއްކި ދެމީހަކު އިންޑިއާގެ ދްވަރްކާއިން ހައްޔަރު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އަތުލައިގެންފައިވަނީ 19 އަހަރުގެ އަޝުތޯޝް ޗޯހާން އަދި 22 އަހަރުގެ އަޔޫޝް ކުމާރު އެވެ. އެ މީހުން ވިއްކި 5 އަލިފާން ނިވާ ފުޅި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެމީހުން ކޮވިޑްގައި ހާލަތު ދަށްވެ މީހުން މަރުވަމުންދާ މި ދަނޑިވަޅުގައި އެ ބޭނުން ޖެހިފައިވާ މީހުންނަށް އޮކްސިޖަންގެ ނަމުގައި އަލިފާން ނިއްވާފުޅި ވިއްކާފައިވަނީ ފުޅިއެއް 10000 ރުޕީސްއަށެވެ. މި މައްސަލަ ފުލުހުންނާއި ހަމަޔަށް ދިޔައީ ގީތާ އަރޯރާ ކިޔާ އަންހެނަކު އޭނާގެ އާއިލާ މީހަކަށް ނޭވާލާން އުނދަގޫވެގެން އުޅެނިކޮށް މި ދެމީހުން އޮކްސިޖަން ކަމަށް ބުނެ އަލިފާން ނިވާ ފުޅި ވިއްކުމުން އެކަން އޭނާއަށް ޔަގީންވެގެން ފުލުހުންނަށް ރިޕޯޓް ކޮށްގެންނެވެ.

ގީނާ މި މައްސަލަ ހަމައެކަނި ފުލުހުންނަށް އެނގުމަކުން ނިންމާލީއެއް ނޫނެވެ. ފުލުހުން ޝައްކުވާ މީހުންނާއި ހަމަޔަށް ގޮސް އެކަން ބަލާތޯ ވެސް އޭނާ ދިޔައީ ބަލަމުންނެވެ. އަދި އެ މައްސަލަ ފުލުހަށް ގޮސް އޭނާވަނީ ލިޔުމުން ވެސް ހުށަހަޅާފައެވެ.

އިންތިހާއަށް ނިކަމެތި ހާލަތަށް މީހުން ވެއްޓިފައިވާ މި ފަދަ ދަނޑިވަޅެއްގައި އިންޑިއާގެ އިންސާނިއްޔަތު ކަމެއްނެތް ބައެއް ފަރާތްތަކުން ކުރާ މިފަދަ ނޭދެވޭ ކަންތަކުގެ ސަބަބުން އިތުރު ނިކަމެތި ކަމާއި އެފަދަ އާއިލާތަކަށް ކުރިމަތިލާންޖެހޭ ފަހަތު އާދެއެވެ.