Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ފުލުހުންގެ ބަންދުގައި ހުރި ބިދޭސީއެއް އަމިއްލައަށް މަރުވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި ބިދޭސީއެއް އަމިއްލަ އަށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އަމިއްލައަށް މަރުވެފައިވަނީ ވިލިމާލެ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހެއްކަމަށެވެ.

އޭނާ މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ދީފައިވެއެވެ.

އެހެންނަމަވެސް އެމީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި އެމީހާ ހައްޔަރުގައި ހުރި މައްސަލައަކީ ކޮބައިކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. އަދި ކަމާ ބެހޭ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަަމށް ފުލުހުން މައުލޫމާތުދެއެވެ.