Last Updated: June 29, 17:37
Monday, June 29, 2026
ޚަބަރު

ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޮޓޯ: އެމްއެންޑީއެފް

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:04 ހާއިރު ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އެތަނުގައި ހުރި ތަކެއްޗަށް އެކިވަރުގެ ގެއްލުން ވެފައިވާކަމަށް މައުލޫމާތުދެއެވެ.