Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

މާލެގައި ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި

ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" ވެކްސިން -- ފޮޓޯ: މިހާރު

މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި ކޮވިޝީލްޑް ވެކްސިން އާއްމުކޮށް ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަލުން ޖަހަން ފެށޭނެ ތާރީޙެއް ފަހުން އިއުލާން ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން މިފަދަ އެންގުމެއް އަންގާފައިމިވަނީ ވެކްސިން ޖެހުމަށް ގިނަބަޔަކު ގިނަވަގުތުތަކެއް ހޭދަކުރަން ޖެހި އެކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ވެކްސިންގެ ސްޓޮކްގެ އަދަދު މަދުކަން އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ވެސް ފާހަގަކުރާ ކަމަށާއި ނަމަވެސް ވެކްސިން ސްޓޮކްގެ ސީދާ އަދަދެއް މިވަގުތު އަދި ދަންނަވަން ނޭނގޭ ކަމަށެވެ.