Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

މިއަހަރުގެ މިހާތަނަށް 399،000 ފަތުރުވެރިން އަތުވެއްޖެ

ބޯޑަރު ހުޅުވި ދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް: ފޮޓޯ / ވީއައިއޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 399،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 399،320 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 96،882 ފަތުރުވެރިންނެވެ. އަދި މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިދިޔަ މަހު 91،200 ފަތުރުވެރިން ރައްޖެއަށް ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މި މަހުގެ މިހާތަނަށް ވަނީ 9000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ މިހާރު ވަނީ ވެފައެވެ. އެގޮތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ 22 ޕަސެންޓް ނިސްބަތް ވަނީ ރަޝިއާ އަށެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާއެވެ. އަދި ތިންވަނައިގައި އޮތީ ޔުކްރޭންއެވެ.