Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އައްޑޫ ކޮވިޑް ކްލަސްޓާތަކުގެ ކޮންޓެކްޓުންގެ އަދަދު 134 އަށް

އައްޑޫ ސިޓީ ހިތަދޫ | ފޮޓޯ: އަލީ އިބްރާހިމް

އައްޑޫ ސިޓީގައި އުފެދިފައިވާ ކޮވިޑް-19 ގެ ކްލަސްޓާތަކުގެ ކޮންޓެކްޓުންގެ އަދަދު 134 އަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ފޭދޫ އިން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވަނީ 25 ފަރާތެއް ފާހަގަކުރެވިފައެވެ. އަދި ހިތަދޫ އިން ޕޮޒިޓިވްވި ފަރާތުގެ ކޮންޓެކްޓުންގެ ގޮތުގައި 36 ފަރާތެއް ފާހަގަކުރެވިފައިވާއިރު ހުޅުމީދޫ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު އުޅެނީ 73 ގައެވެ.

އައްޑޫ އިން މިއަދު ވަނީ އިތުރު ހަ ޕޮޒިޓިވް ކޭސް ފެނިފައެވެ. އެ ހަ ކޭސް އަކީ ހިތަދޫ އިން ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އެއާއެކު ހިތަދޫން މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ދެ މީހުންނަކީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.

ފޭދޫގައި ކޮވިޑްގެ އެއް އެކްޓިސް ކޭސް އުޅޭއިރު ހުޅުމީދޫގައި ކޮވިޑްގެ 14 ކޭސް އެބަ އުޅެއެވެ.

މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ މިހާރު އޮތީ މޮނީޓަރިން ހާލަތުގައެވެ.