Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

27 އަހަރަށްފަހު ބިލްގޭޓްގެ ކައިވެނި ނިމުމަކަށް

ބިލްގޭޓް އަދި މެލިންޑާ 27 އަހަރަށްފަހު ކައިވެނި ނިމުމަކަށް ގެނެސްފިއެވެ.

ބިލްގޭޓްގެ ދެމަފިރިން ވަނީ ކައިވެނި ދަމަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ވަރަށް ގިނަ ވިސްނުންތަކަށް ފަހު އިތުރު ގޮތެއް ނުފެނުމުން ދެމީހުން ވެސް ވަރިއާއި ހަމަޔަށް ދިޔައީ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

އެންމެ ފުރަތަމަ މެލިންޑާއާއި ބިލްގޭޓް ދިމާވީ ބިލްގެ މައިކްރޯސޮފްޓް ފާމްއަށް މެލިންޑާ ވަޒީފާއަށް ދިއުމުން 1980ގައެވެ. ދެމީހުންގެ ކައިވެންޏަށް 3 ކުދިން ލިބިފައިވެއެވެ. އަދި މިހާތަނަށް ދެމަފިރިންނާއި އާއިލާ އެކުވެގެން ބިލް އަދި މެލިންޑާ ގޭޓްސް ފައުންޑޭޝަން ވަނީ ހިންގަމުން ގޮސްފައެވެ.

އެ ޖަމިއްޔާއިން ވަނީ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތަކާއި، އެކި ބަލިތަކަށް ފަރުވާދޭ ފަރާތްތަކަށް ބިލިއަނުން ފައިސާ ޚަރަދު ކޮށްފައެވެ.

65 އަހަރުގެ ބިލްގޭޓް ވަނީ 4 ވަނައަށް އެންމެ މުއްސަނދި މީހާގެ މަޤާމް ހޯދާފައެވެ. ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި ބިލްގޭޓްގެ ރައުސުލްމާލުގައި 124 ބިލިއަން ޑޮލަރުވެއެވެ. އޭނާ ފައިސާ ހޯދާފައިވަނީ 1970 ގައި އޭނާ އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ސޮފްޓްވެއަރ ކުންފުނި ކަމަށްވާ މައިކްރޯސޮފްޓްއިންނެވެ.