Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގެ ގާޑިއާތަކުން ފީ ނެގުމަށް އާއްމުންގެ ހިޔާލަށް!

މަރަދޫފޭދޫ ގާޑީއާއެއްގައި ބިދޭސީއަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގެ އާއްމު މައިދާންތަކާއި، މަގުމަތީގައި ކާނާގެ ބާވަތްތައް ވިއްކުމަށް ބޭނުންކުރާ ގާޑިއާ ފަދަ ތަކެތި ރަޖިސްޓްރީ ކުރުމާއި އަހަރީ ފީ ނެގުމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ކަނޑައަޅާނެ އަގަކާއި އަދި އަހަރީ ފީގެ ގޮތުގައި ނަގާނެ އަދަދަކާއި ގުޅޭގޮތުން އާއްމު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުން ކަމަށެވެ.

މިފަދަ ތަންތަނުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކައުންސިލުން އާއްމުންގެ ހިޔާލަށް ހުށަހަޅާފައިވަނީ 100 ރ، 300ރ، އަދި 500 ރުފިޔާއެވެ.

އަހަރީ ފީގެ ގޮތުގައި މިއިން ތަނަކަށް ހުށަހަޅާފައިވަނީ 1200ރ، 1500ރ، އަދި 1800 ރުފިޔާއެވެ.

ކައުންސިލުން ބުނީ މި އަގުތަކާއި ގުޅޭގޮތުން އާއްމުން ދެކޭގޮތް 09 މެއި 2021 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލަށް ހުށަހެޅުމަށެވެ.