Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް ހަތަރު ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތަރު ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 401،361 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 96،882 ފަތުރުވެރިންނެވެ. އަދި މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިދިޔަ މަހު 91،200 ފަތުރުވެރިން ރައްޖެއަށް ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މި މަހުގެ މިހާތަނަށް ވަނީ 11،591 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ އިންޑިއާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ރަޝިއާ މިހާރު ވަނީ ވެފައެވެ. އެގޮތުން ރާއްޖެއަށް އައި ޓޫރިސްޓުންގެ 22 ޕަސެންޓް ނިސްބަތް ވަނީ ރަޝިއާ އަށެވެ. ލިސްޓުގެ ދެވަނައިގައި އޮތީ އިންޑިއާއެވެ. އަދި ތިންވަނައިގައި އޮތީ ޔުކްރޭންއެވެ.