Last Updated: April 20, 09:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ބޮލީވުޑް: "ރާދޭ" ގެ ޓައިޓްލް ލަވައަކީ ވާޖިދު ޚާންގެ ފަހުގެ މަސައްކަތް

ފިލްމް "ރާދޭ"ގެ ޓައިޓްލް ލަވައަކީ މިޔުޒިކް ކޮމްޕޯސަރ އަދި ލަވަކިޔުންތެރިޔާ ވާޖިދު ޚާން ދުނިޔެ ދޫކުރުމުގެ ކުރިން ކުރެވުނު އެންމެ ފަހުގެ މިޔުޒިކްގެ މަސައްކަތް ކަމަށް އެ ލަވަ އުފެއްދި ފަރާތުން ބުނެފިއެވެ.

ފިލްމް "ރާދޭ"ގެ ޓައިޓްލް ލަވަ މިއަދު ރިލީޒް ކޮށްފައިވާ އިރު މިހާތަނަށް ވެސް 3,732,336 މީހުން ވަނީ އެ ލަވަ ބަލާފައެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔާ ދެބެއިން ކަމަށްވާ ސާޖިދު އަދި ވާޖިދުއެވެ. ލަވައިގެ ޅެން ހަދާފައިވަނީ ވެސް ސާޖިދު އަމިއްލައަށެވެ.

މިދިޔަ އަހަރު މެއި 31 ވަނަ ދުވަހު ވާޖިދު މަރުވެފައިވަނީ ކޮވިޑަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ވަކިވެދިޔުން ވެގެން ދިޔައީ އޭނާގެ ބޭބެ ސާޖިދުއަށް ބޮޑު ހިތާމައެއް ކުރިމަތި ކުރުވި ކަމަކަށެވެ.

ސަލްމާން ޚާންގެ ފިލްމު "ރާދޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެ ދުވަހު އިންޑިއާގެ ބޮޑެތި ހުރިހާ ތިއޭޓަރުތަކެއްގައި އެ ފިލްމް އަޅުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.