Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

"ޚަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިންގެ ލިސްޓް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެއްޓީ ހުށަހަޅައިދޭ އެޑްވެންޗަރ ރިއަލިޓީ ޝޯވ "ޚަތުރޯން ކޭ ކިލާޅީ 11" ގެ ބައިވެރިންގެ ލިސްޓް ހާމަކޮށްފިއެވެ.

މި ޝޯވއަކީ އެކި ކަހަލަ ފަސްޖެހޭ ކަންތައް މީހާ ކުރަންޖެހޭ ޝޯވ އެއްގޮތަށް ފާހަގަވެފައިވާ ޝޯވ އެކެވެ. މި ޝޯވގައި ޓީވީ ސިލްސިލާތަކުން މަޝްހޫރުވެފައިވާ ފަރާތްތަކާއި އަދި ފިލްމުތަކުން މަޝްހޫރުވެފައިވާ ފަރާތްތައް ވެސް ބައިވެރިވާ މަންޒަރު ފެނިގެން ދެއެވެ. ބަލާ މީހުންނަށް ވަރަށް މަޖާ ޝޯވއަކަށް ވެފައިވާ މި ޝޯވ ގެ 11 ވަނަ ސީޒަންގެ ބައިވެރިންގެ ލިސްޓް މި ވަނީ އާންމު ކޮށްފައެވެ.

ދިވްޔަންކާ ތްރިޕާތީ ދަހިޔާ
ދިވްޔަންކާ އާންމުންނަށް މަޝްހޫރުވެފައިވަނީ ހިންދީ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" އިން އިޝިތާގެ ރޯލުންނެވެ.

ރާހުލް ވެއިދްޔަ
ރާހުލް ވެއިދްޔައަކީ ލަވަކިޔުންތެރިއެކެވެ. އޭނާ ވަނީ ދާދި ފަހުން ފެނިގެންދިޔަ "ބިގް ބޮސް 14" ގެ ދެވަނަ ހާސިލްކޮށްފައެވެ.

އަބީނަވް ޝުކްލާ
އަބީނަވް ޝުކްލާއަކީ އެކްޓަރެއް ނަމަވެސް ގިނަ މީހުންނަށް އޭނާ މަޝްހޫރު ވެފައިވަނީ "ބިގް ބޮސް 14" އިންނެވެ.

ނިކީ ތަމްބޯލީ
ނިކީ ތަމްބޯލީއަކީ އުތުރު އިންޑިއާގެ ފިލްމުތަކުން ފެނިފައިވާ ތަރިއެއް ނަމަވެސް ގިނަ ބަޔަކަށް އޭނާ ފެނިގެން ދިޔައީ "ބިގް ބޮސް 14"އިންނެވެ. ގަދަ 5 ވަނައިގައި އޭނާ ހިމެނުނު އިރު އޭނާ ފަހަގަ ކުރެވިފައިވަނީ އެ ޝޯވގައި ބައިވެރިވި އެންމެ އުމުރުން ހަނގު އެހެން ނަމަވެސް އިންތިހާއަށް ޒީލަގަދަ މީހެއް ގޮތުގައެވެ.

އަނުޝްކާ ސެން
އަނުޝްކާ ސެންއަކީ ޒީޓީވީއިން ދެއްކި ޑްރާމާ "އަޕްނާ ޓައިމް ބީ އާއޭގާ" އިން ފެނިގެން ދިޔަ ތަރިއެކެވެ. އަދި ސިއްޚީ މައްސަލަތަކެއް ދިމާވެގެން އޭނާ ވަނީ އެ ޝޯވ ދޫކޮށްލާފައެވެ. އެހެން ނަމަވެސް މި އެކްޓްރެސް އަކީ ވަރަށް ގިނަ ކްރައިމް ޕެޓްރޯލް އަދި ސާވްދާން އިންޑިއާގެ އެޕިސޯޑްތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ.

ވަރޫން ސޫދު
ވަރޫން ސޫދަކީ މޮޑެލްއެއްގެ އިތުރުން ރިއަލީ ޝޯވތައް ކަމަށްވާ، "ރޯޑީސް"، "ސްޕްލިޓްވިލާ 9"، ފަދަ ޝޯވތަކުން ފެނިފައިވާ ތަރިއެކެވެ. އޭނާ ވަނީ ޝޯވ "އޭސް އޮފް ސްޕޭސް" ކާމިޔާބު ވެސް ކޮށްފައެވެ.

އަރްޖުން ބިޖްލާނީ
މަޝްހޫރު ސިލްސިލާ "ނާގިން"ގެ އެޕިސޯޑްތަކުން މަޝްހޫރުވެފައިވާ އަރްޖުން ބިޖްލާނީ ވަނީ ގިނަ ރިއަލިޓީ ޝޯވ ތަކެއް ވެސް ހުށަހަޅާދީފައެވެ.

ސަނާ ސައްޔަދު
ސަނާ އޭނާގެ ކެރިއަރު ފަށާފައިވަނީ ރިއަލިޓީ ޝޯވ"ސްޕްލިޓް ވިލާ"އިންނެވެ. އޭގެ ފަހުން އޭނާގެ ހަރަކާތްތައް ވަނީ ސިލްސިލާތައް ކަމަށްވާ "ދްރަޝްތީ"، "ލޮކްޑައުން ކީ ލަވް ސްޓޯރީ" ފެނިގެން ގޮސްފައެވެ.

މެހެކް ޗަހަލް
"ބިގް ބޮސް 5"ގެ ރަނަރަޕް އަދި މަޝްހޫރު މޮޑެލްގެ ގޮތުގައި ބެލުންތެރިންނަށް ފެނިގެންދިޔަ މެހެކް އެންމެ ފަހުން ޚަބަރު ތަކުން ފެނިގެން ދިޔައީ އޭނާގެ ދުވަސްވީ ލޯބިވެރިޔާއާއި ވަކިވީ ކަމުގެ ޚަބަރުންނެވެ.

ވިޝާލްް އަދިތްޔާ ސިންގް
ވިޝާލް ވަނީ "ނަޗްބަލިޔޭ 9" އަދި "ބިގްބޮސް 13" އިން އާންމުންގެ މަޤްބޫލްކަން ހޯދާފައެވެ.

އާސްތާ ގިލް
އާސްތާ އަކީ މަޝްހޫރު ލަވަތައް ކަމަށްވާ ޑީޖޭ ވާލޭ ބާބޫ، ބަޒް އަދި ޕްރޮޕާ ޕަޓޯލާއިން ފެނިގެން ގޮސްފައިވާ ތަރިއެކެވެ.

ސަނާޔާ އިރާނީ
ސަނާޔާ އަކީ ސިލްސިލާ ޑްރާމާ "އިސް ޕިޔާރުކޯ ކިޔާ ނާމް ދޫން" އިން މަޝްހޫރުވެގެން ދިޔަ ތަރިއެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރު އޭނާގެ ފިރިމީހާ މޯހިތު ސޭގަލްއާއެކު "ނަޗްބަލިޔޭ 8" އިންނެވެ.