Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ނައިފަރުގެ ހާލަތު ގޯސްކަމަށް ބުނެ ޝިޔާމް ކަންބޮޑުވުން ފާޅުކޮށްފި

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޅ. ނައިފަރުގެ ހާލަތު ގޯސްކަމަށް ބުނެ އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، 15000 އަށްވުރެއް ބޮޑު އާބާދީއެއް އޮތް ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތެއް އަދިވެސް ނެތްކަމަށެވެ.

ހޮސްޕިޓަލުގެ މުވައްޒަފުން ވަރުބަލު ވެފައިވާކަމަށާއި، ކްރިޓިކަލް ކޭސްތަކުގެ ނަތީޖާ ލިބުމަށް ހަތް ދުވަސް ނަގާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ހުރީ 4 ސިލިންޑަރު އޮކްސިޖަން. ނައިފަރުގެ ހާލަތު ވަރަށް ގޯސް. ސަރުކާރަކާ ވާކަމެއް ނޫން." ޝިޔާމްގެ ޓްވީޓްގައިވެއެވެ.

އިއްޔަ ރާއްޖެއިން ވަނީ 734 މީހުން ކޮވިޑ-19 އަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 540 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.