Last Updated: July 18, 21:48
Saturday, July 19, 2025
ޚަބަރު

މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެ ކަމަށް ލަފާކުރެވޭކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެކަމަށް ގަބޫލުކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މަޖިލީހަށް ވަރަށް ގިނަފަހަރަށް ސަރުކާރަށްވެސް އަދި އެހެން ދިމާތަކަށްވެސް ދޫދެވިއްޖެ ކަމަށެވެ.

ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޒު އަހްމަދު އަބްދުﷲ އަފީފް މަޖިލީހުގެ މަސައްކަތްތައް ލަސްކަމަށް ވިދާޅުވެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައަށް ނިސްބަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަހުމަދު ދައްކާ ވާހަކައަކީ ރަނގަޅު ވާހަކައަކަށްވުން އެކަށީގެންވާ ކަމަށެވެ.