Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮވިޑްގައި އިތުރު މަރެއް، މިއަދުގެ ދެވަނަ މަރު

ޅ. ނައިފަރު ހޮސްޕިޓަލް-- ފޮޓޯ:އަވަސް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހަކު މިއަދު 12:30 ހާއިރު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑްޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 76 ކަށް އަރާފައެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ އަންހެނަކުވެސް މަރުވެފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 7109 ކޭސް ހުރި އިރު، 198 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންނެވެ.