Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ ނަޝީދަށް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ނަޝީދު ކާރު ކޮޅަށް އަރުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.

އެ އަނިޔާތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ހޯދަމުންނެވެ.

އެ ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގިނަ އަދަދަކަށް އާންމުން އެއްވެފައިވާއިރު، ފުލުހުން ވެސް މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއްޗެއް ގޮއްވާލާފައިވަނީ ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އެއާއެކު އެ ސަރަހައްދުގައި ހުރި އެހެން ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

އިތުރު ތަފްސީލް އަންނަނީ