Last Updated: January 30, 20:14
Monday, January 30, 2023
ޚަބަރު

އައްޑޫގައި އަނެއްކާވެސް ކާފިއު ހިންގަނީ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އައްޑޫގައި އަނެއްކާވެސް ކާފިއު ހިންގުމަށް ނިންމައިފިއެވެ.

މިރޭ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ، މާދަމާ، މެއި 7 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާނެ ކަމަށެވެ.

ސޯބެ އިތުރަށް ވިދާޅުވެފައިވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަން ނިންމާފައިވަނީ ކޮވިޑް-19 ފެތުރުން އައްޑޫގައި ވެސް އިތުރުވަމުން އަންނާތީ ކަމަށެވެ. އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރެސްޓޯރެންޓު ހޮޓާ ތަކުގައި ޚިދުމަތް ދިނުން ހުއްޓާލުމަށާއި އެތަންތަނުން ދެން ޚިދުމަތް ދެވޭނީ ކާފިއު ނޫން ގަޑިތަކުގައި ޑެލިވަރީ އަދި ޓޭކްއެވޭ ޚިދުމަތް އަލުން ފެށުން ހިމެނެއެވެ.

މީގެ އިތުރުން، މަގުމަތީގައި ތިން މީހުންނަށް ވުރެ ގިނައިން ތިބުން ވެސް މާދަމާ އިން ފެށިގެން މަނާވާނެއެވެ.

ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން 7 ދުވަހަށް ކަމަށް އީއޯސީ އިން ހާމަކޮށްފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ..