Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

މިއަދު 703 މީހުން ކޮވިޑަށް ޕޮޒިޓިވް

ކޮވިޑަށް މީހަކު ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ -- ފޮޓޯ: ސަން

މިއަދު 703 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 526 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 167 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 33،368 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7607 ކޭސް އެވެ. މި ބަލިން 25،675 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 203 މީހަކަށެވެ. މި ބަލީގައި 77 މީހަކު ވަނީ ނިޔާވެފައެވެ.