Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދެވުނު ހަމަލާއާ ގުޅިގެންނެވެ.

ރައިސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑެއްގެ އިތުރުން ބޭރުމީހަކަށްވެސް އަނިޔާތައް ވެފައިވެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.