Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހަމަލާ އެންމެ މަތީދަރަޖައިގެ އަހައްމިޔަތުކަން ދީގެން ތަހުގީގުކުރާނަން: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

ރައިސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ އެންމެ މަތީދަރަޖައިގެ އިސްކަން ދީގެން ތަހުގީގުކުރާކަން ކަށަވަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްތަރު އިމްރާން ކުރެއްވި ޓްވީޓެއްގަިއވަނީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ.

"މި މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަައްމިޔަތުކަން ދީގެން ފުލުހުން ތަހުގީގު ކުރާކަން ކަށަވަރު ކުރާނަން." މިނިސްޓަރު އިމްރާންގެ ޓްވީޓްގައިވެއެވެ.

މިރޭ ދެވުނު ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އިތުރު މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވެއެވެ.