Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލް: އޭޑީކޭ

ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު--

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ސްޓޭބަލް ކަމަށް އޭޑީކޭ ހޮސްޕިޓަކުން ބުނެފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާ ގުޅިގެން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންނެވެ.

އޭޑީކޭއިން ބުނެފައިވަނީ ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފައިވަނީ މިރޭ 20:30 ގައެވެ. އަދި ރައީސް ނަޝީދަށް މަލްޓި ސްޕެޝިލިޓީ މެޑިކަލް ޓީމަކުން ފަރުވާ ދެމުން އަންނަކަމަށެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލް ކަމަށްވެސް އޭޑީކޭއިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާ ގިނަ ފަރާތްތަކަކުން އަންނަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. މިހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އިތުރުމީހަކަށްވެސް ޒަހަމްތައް ލިބިފައިވެއެވެ.