Last Updated: July 10, 11:04
Thursday, July 10, 2025
ޚަބަރު

އަނިޔާވި ސިފައިންގެ 3 މީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލައިފި: އެމްއެންޑީއެފް

މިރޭ ދެވުނު ހަމަލާގައި އެމްއެންޑީއެފްގެ ތިން މީހަކަށް އެކިވަރުގެ ޒަހަމްތައް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އަނިޔާވި ސިފައިންގެ 3 މީހުންގެ ތެރެއިން އައިޖީއެމްއެޗްއަށް ގެންދެވުނު ސިފައިންގެ މީހާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާކަމަށެވެ. އައިޖީއެމްއެޗްއަށް ގެންދެވުނު ސިފައިންގެ މީހާ ގެންދިޔައީ ކަންފަތަށް ތަދުވާތީ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަދި އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ދެ ސިފައިންގެ މީހުނަށްވެސް ފަރުވާދެމުން އަންނަކަމަށާއި، މި ދެމީހުންނަށް ލިބިފައިވާ ކުދި އަނިޔާތަކެއް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިހާދިސާގައި ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.