Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

ޗައިނާ ރޮކެޓު ރާއްޖެއާ ކައިރިއަށް ވެއްޓިއްޖެ

China’s Long March-5B rocket has plummeted to Earth after an uncontrolled re-entry into the atmosphere. Photograph: China Daily/Reuters

ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބައެއް ދުނިޔެއަށް ވެއްޓެމުން އައިސް، އިންޑިޔާ ކަނޑުން ރާއްޖެއާ ކައިރިއަށް ވެއްޓިއްޖެއެވެ.

މިރޮކެޓުން ދުނިޔެއާ ދިމާލަށް ވެއްޓެމުން އައި ބައިގެ ބުރަދަނުގައި 8 ޓަން ހުންނާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ލަފާކުރެއެވެ. ޗައިނާ އޮފިޝަލުންނާ ހަވާލާދީ "ސީއެންއެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮކެޓު ވެއްޓިފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން 7:24 އެހާކަށް ހާއިރެވެ.

މިކަމާ ގުޅިގެން ދިވެހި އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޗައިނާ އިން ޖައްވަށް ފޮނުވާލި ރޮކެޓުގެ ބޮޑު ބައެއް ކޮންޓްރޯލުން ނައްޓައިގެން ދިޔައީ މިދިޔަ ހަފްތާފައެވެ.

އެހިސާބުން އެތައް ހާސް ބަޔެއްގެ ސަމާލުކަން އެއަށް ހުއްޓިގެން ދިޔައީ ރޮކެޓު ވެއްޓޭނީ ސީދާ ކޮން ތަނަކަށް ކަން ޗައިނާއަށް ވެސް ކަށަވަރު ނުކުރެވުމުންނެވެ. އާންމު ގޮތެއްގައި ޖައްވުން ދޫވެގެން އަންނަ އެއްޗެހި ވެއްޓެނީ ކަނޑަށެވެ.

ނަމަވެސް މިފަހަރު ވެއްޓެމުން އައި ރޮކެޓު ބިމުގެ ސަރަހައްދަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ސައިންޓިސްޓުން ހާމަކޮށްފައިވެއެވެ.