Last Updated: July 13, 11:58
Sunday, July 13, 2025
ވިޔަފާރި

އެސްޓީއޯ އިން ހިއްސާއަކަށް 60 ރުފިޔާ ބަހަނީ

އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

އެސްޓީއޯ އިން ހިއްސާ އަކަށް 60 ރުފިޔާ ބެހުމަށް ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑަންޑުގެ ގޮތުގައި ޙިއްސާއަކަށް 60 ރުފިޔާ
ބަހަން ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯގެ ހުސްވި އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، އެ އަދަދު ބެހުމަށް ފާސްކުރާނީ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަަލްސާ ބާއްވާނެ ތާރީހެއް އެސްޓީއޯ އިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެސްޓީއޯއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ވިޔަފާރީން އެންމެ ރަނގަޅު ނަފާއެއް ހޯދަމުން އަންނަ އެއް ކުންފުންޏެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް އެސްޓީއޯއަށް ވަނީ 109 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.