Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ރައީސް ނަޝީދު

ރައީސް ނަޝީދު ބޭސްފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގެންފި

ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

މޭ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާވެސް ހޯއްދަވާފައެވެ.

އޭޑީކޭ ހޮސްޕިޓަލަށް އެެމަނިކުފާން ގެންދެވުނުތާ 10 މިނިޓު ތެރޭގައި އެމަނިކުފާނުގެ ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް ފުރާނަ ވަނީ ސަލާމަތްކޮށްފައެވެ. ސާޖަރީގައި އެމަނިކުފާނު 16 ގަޑިއިރު ހޭދަ ކުރެއްވި ކަމަށް އޭޑިކޭއިން މައުލޫމާތުދެއެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނި ހައްޔަރުކޮށްފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި މީހާއެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.