Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ފިލްމް "ރާދޭ" ރިލީޒް ކުރަން ކުޑަވަގުތުކޮޅަކަށް ވެފައިވަނިކޮށް ލީކުކޮށްލައިފި

ސަލްމާން ޚާން އޭނާގެ ސަޕޯޓަރުންނަށް އީދު ހަދިޔާއެެއްގެ ގޮތުގައި ބުނެ މިއަދު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް"ރާދޭ" ރިލީޒް ކުރުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް އިންޓަނެޓްގެ ބައެއް ސައިޓްތަކުގައި އެ ފިލްމް ލީކް ކޮށްލައިފިއެވެ.

ސަލްމާންގެ ސަޕޯޓަރުން ވަނީ މި ފިލްމް އެކި ސައިޓްތަކުގައި ހުރި ކަމަށާއި އެކަމަށް ފިޔަވަޅު އެޅުމަށް އެދި ސަލްމާނަށް މެސެޖްތައް ފޮނުވާފައެވެ.

ސަލްމާން ވަނީ މިއީ ވަރަށް ދެރަކަމެއް ކަމަށް ބުނެފައެވެ. އަދި ކޮންމެ ބަޔަކު ވެސް ފިލްމެއް އުފައްދަނީ ވަރަށް މަސައްކަތުން ކަމަށާއި އެތައް ފައިސާއެއް ޚަރަދު ކޮށްގެން ކަމަށްވާތީ މި ގޮތަށް ފިލްމުތަކުން ނާޖާއިޒު ފައިދާ މީހުން ނެގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމުގައި ލީޑް ރޯލުން ސަލްމާން ފެނިގެންދާ އިރު އޭނާގެ އިތުރުން ދިޝާ ޕާޓްނީ، ޖެކީ ޝްރޮފް އަދި ރަންދީޕް ހޫޑާ މުހިއްމު ރޯލުތަކުން މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ކޮރިއޯގްރާފަރ ޕްރަބޫ ދޭވާއެވެ.

ކޮވިޑްގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި އިންޑިއާ އޮތުމުގެ ސަބަބުން މި ފިލްމު ތިއޭޓަރު ތަކުގައި ދެއްކުމުގެ ބަދަލުގައި އޮންލައިން ޚާއްސަ ޕްލެޓްފޯމްތަކުގައި ރިލީސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.