Last Updated: July 10, 11:48
Thursday, July 10, 2025
ވިޔަފާރި

އެމް-ފައިސާ ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާއެއް

އުރީދޫ މޯލްޑިވްސް ގެ އެމް-ފައިސާއަށް ރެޖިސްޓަރކޮށް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ ގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާ ކޭޝް-އިން ކުރާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވެގެންދާނެ ކަމަށެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500 ރުފިޔާ އަށް ވުރެ މަތިން ޔުޓިލިޓީ ބިލް ދައްކާ ކަސްޓަމަރުންގެ ވޮލެޓަށް 25 ރުފިޔާ ޖަމާވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.

މި އެޕްލިކޭޝަނުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އެގޮތުން، އެމްފައިސާގައި ރަޖިސްޓްރީ ކުރުމަށް މައުލޫމާތު ފުރިހަމަކޮށް އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓުގެ ފޮޓޯ ކޮޕީ ހުށަހެޅުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ.