Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

އަކްޝޭގެ "ސޫރްޔަވަންޝީ" އަދި "ބެލް ބޮޓޮމް" އޮގަސްޓްމަހު ރިލީޒް ކުރަނީ

އަކްޝޭ ކުމާރުގެ ފިލްމް"ސޫރްޔަވަންޝީ" އަދި "ބެލް ބޮޓޮމް" އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ 15 އޮގަސްޓްގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަކްޝޭ ބުނެފިއެވެ.

އަކްޝޭގެ މި ފިލްމްތައް ރިލީޒް ކުރުން ލަސްވެފައިވާތީ އެކަމާއި އޭނާގެ ސަޕޯޓަރުންގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އަކްޝޭ ވަނީ ސްޓޭޓްމަންޓެއް ނެރެ އޭނާގެ އެ ދެފިލްމް ރިލީޒް ކުރާނީ މިނިވަން ދުވަހުގައި ކަމަށް ބުނެފައެވެ.

ފިލްމް "ބެލް ބޮޓޮމް"ގައި އަކްޝޭއާއެކު ވާނީ ކަޕޫރު، ލާރާ ދައްތާ، ހުމާ ޤުރެއިޝީ ހަރަކާތްތެރިވެއެވެ. 80ގެ އަހަރު ތަކުގެ ހާދިސާތަކެއް ދައްކައިދޭ މި ފިލްމް އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވީ މި ހިނގާ މެއި މަހުގައެވެ. އެހެން ނަމަވެސް އިންޑިއާ މިހާރު އޮތް ހާލަތުން ފިލްމް ރިލީޒް ކުރުން ވަނީ ލަސްކޮށްފައެވެ.

ރޯހިތް ޝެއްޓީގެ އުފެއްދުމެއް ކަމަށްވާ "ސޫރްޔަވަންޝީ" ވެސް ވަނީ ކޮވިޑްގެ ސަބަބުން ކުރިން ރިލީޒްކުރަން ހަމަޖެހިފައިއޮތް ދުވަސް ލަސްކޮށްފައެވެ. ކުރިން އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ގައެވެ. އެ ފިލްމުގައި އަކްޝޭ ކުމާރު އާއެކު ފެނިގެންދާނީ ކެޓްރީނާ ކެއިފްއެވެ.

ފިލްމް"ސޫރްޔަވަންޝީ" ގައި އަޖޭ ދޭވްގަން އަދި ރަންވީރް ސިންގްގެ ހާއްސަ ފެނިލުމެއް ވާނެއެވެ. މިއީ ރޯހިތް ޝެއްޓީގެ ފިލްމުތަކުގައި ފަހަކަށް އައިސް ކުރާ ކަމެކެވެ. އޭނާގެ ކުރިން ނެރެފައިިވާ ފިލްމާއި ކޮންމެވެސް ގޮތަކުން ފަހުގެ ފިލްމްތައް ގުޅުވާލައެވެ. ހާއްސަ ފެނިލުންތަކުން ތަރިންގެ ދައްކާލުމަކުންނެވެ.