މޭ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ފެނަކަ އިން ނިންމައިފިއެވެ.
ފެނަކަ އިން މިއަދު ބުނީ ޔޫޓިލިޓީ ބިލުތަކުން ޑިސްކައުންޓް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން މި މަހުގެ ކަރަންޓު ބިލުތަކުން 40 ޕަސެންޓް އަދި ފެން ބިލުތަކުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ފެނަކައިގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
އަދި ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުތަކުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.
ކޮވިޑާއި ގުޅިގެން މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ފެން ބިލްތަކުން 30 ޕަސެންޓް އަދި ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައެވެ.
މީގެ އިތުރުން ކޮވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޮވިޑްގެ ރިލީފް ލޯނުގެ ދޫކުރަން މިފަހަރު ވެސް ފެށުމަށް ނިންމާފައެވެ. އެގޮތުން ލި ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ ކުދި ވިޔަފާރިތަކާއި، ކެފޭ ރެސްޓޯރެންޓްތަކަށް އަމާޒުކޮށްގެންނެވެ.
އަދި މިދިޔަ އަހަރެކޭ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.