Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ދެ ހަފްތާ އަށް މެލޭޝިއާ ލޮކްޑައުން ކުރަނީ

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެލޭޝިއާ ލޮކްޑައުން ކުރަން ނިންމިކަން ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިއުލާންކުރައްވައިފިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ލޮކްޑައުންގެ ފުރަތަމަ މަރުހަލާ އަންނަ މަހުގެ 14 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ލޮކްޑައުންގެ ފުރަތަމަ މަރުހަލާގައި ކޮންމެހެން ކުރިއަށްގެންދަން ޖެހޭ އިގްތިސާދީ އަދި އިޖުތިމާއީ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ބަންދުވާނެއެވެ.

ލޮކްޑައުންގެ ފުރަތަމަ މަރުހަލާގައި ޕޮޒިޓިވް ކޭސްތައް މަދުވެއްޖެނަމަ، ލުއިތަކާއެކު އިތުރު ހަތަރު ހަފްތާގެ ލޮކްޑައުނެއް އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން ތިންވަނަ މަރުހަލާގައި ތަންފީޒު ކުރުމަށް ނިންމާފައިވަނީ މިހާރުވެސް މެލޭޝިއާގައި އަމަލުކުރަމުންދާ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގެ އަމުރެކެވެ. އެގޮތުން އެ މަރުހަލާގައި އިގްތިސާދީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

މެލޭޝިއާގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިއަދު އެގައުމުން ވަނީ 8290 ޕޮޒިޓިވް ކޭސް ފެނިފައެވެ. މެލޭޝިއާ އިން މިހާތަނަށް ވަނީ މި ބަލީގައި 2000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.