Last Updated: April 24, 10:13
Wednesday, April 24, 2024
ޚަބަރު

ޕްރޮޑިއުސަރ އާރްޔަން ސްޓެފަން ކޮވިޑް ޖެހިގެން މަރުވެއްޖެ

ޕްރޮޑިއުސަރ އާރްޔަން ސްޓެފަން

އެންމެ ފަހުން ބޮލީވުޑްގެ ތަރި ކިއާރާ އަދްވާނީ ފެނިގެން ދިޔަ ފިލްމް""އިންދޫ ކީ ޖަވާނީ"ގެ ޕްރޮޑިއުސަރ އާރްޔަން ސްޓެފަން ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

އާރްޔަން 50 އަހަރުގައި މަރުވެފައިވަނީ ކޮވިޑަށް ފަރުވާދެމުން ދަނިކޮށް ހޮނިހިރު(މިއަދު) ގެ ވަގުތެއްގައި ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓް ކުރެއެވެ. ކުރީގެ ޖާނަލިސްޓެއްގެ މަޤާމް ވެސް އަދާކޮށްފައިވާ އާރްޔަން މަރުވެފައިވަނީ ގޯއާގައެވެ.

އާރްޔަން ވަނީ މީގެ ކުރިން ވެސް ކުރު ފިލްމެއް ކަމަށްވާ "ދޭވީ" ވެސް ޕްރޮޑިއުސް ކޮށްފައެވެ. އެ ފިލްމުގައި ފެނިފައިވާ ތަރިންގެ ތެރޭގައި ކާޖަލް، ނިހާ ދޫޕިއާ އަދި ޝުރްތީ ހަސަން ހިމެނެއެވެ.

އާރްޔަން މަރުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރި ތަރިންގެ ތެރޭގައި، ކިއާރާ އަދްވާނީ، ވަރޫން ދަވަން، އަދި ފަރްހާން އަޚްތަރު ހިމެނެއެވެ. ގިނަ ތަރިންތަކެއް ވަނީ އެއީ ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.