Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފިލްމް"ދަބަންގް"ގެ އެނިމޭޓެޑް ވާޝަންއެއް ކާޓޫން ނެޓްވޯކްއިން ދައްކަން ފަށަނީ

ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާންގެ ސުޕަހިޓް ފިލްމް"ދަބަންގް"ގެ އެނިމޭޓެޑް ވާޝަންއެއް ނެރެން ހަމަޖެހިފައިވާ ކަމަށް ސަލްމާން ބުނެފިއެވެ.

އެ ފިލްމްގެ އެނިމޭޓެޑް ވާޝަންގެ ޓްރެއިލާއެއް ޓްވިޓާގައި ހިއްސާ ކުރުމަށްފަހު މި ޚަބަރު އޭނާގެ ފޭނުންނަށް ދިނުމާއިއެކު ގިނަ ބަޔަކު ދަނީ އެ ބެލުމަށް ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.

ސަލްމާން އޭނާގެ ޓްވީޓްގައި ބުނެފައިވަނީ މި ފިލްމްގެ އެނިމޭޓެޑް ވާޝަން 31 މެއި އިން ފެށިގެން ކޮންމެ ދުވަހަކު ވެސް 12 ޖަހާއިރު ކާޓޫން ނެޓްވޯކްއިން ދައްކަމުން ގެންދާނެ ކަމަށެވެ. ހިއްސާކޮށްފައިވާ ޓްރެއިލާއިން ވެސް ފެންނަނީ ފިލްމްގައި ފެންނަ ގޮތަށް ލީޑް ރޯލުން ޗުލްބުލް ޕާންޑޭގެ ކެރެކްޓަރ ދައްކަމުންދާ މަންޒަރެވެ.

އެންމެ ފަހުން ސަލްމާން ފެނިގެން ގޮސްފައިވަނީ ޕްރަބޫ ދޭވާގެ ފިލްމް"ރާދޭ" އިންނެވެ. އެ ފިލްމުގައި ސަލްމާންގެ އިތުރުން ޖެކީ ޝްރޮފް، ދިޝާ ޕާޓްނީ، ރަންދީޕް ހޫޑާ ފެނިގެންދިޔައެވެ.

ދެން އެންމެ އަވަހަށް ސަލްމާން ބެލުންތެރިންނަށް ފެނިގެންދާނީ ފިލްމް "ޓައިގާ 3" ން ކަމަށް ބެލެވެއެވެ. އެ ފިލްމުގައި ލީޑް އަންހެން ރޯލުން ފެނިގެންދާނީ ކެޓްރީނާ ކެއިފްއެވެ. އަދި އިމްރާން ހާޝިމީ ވެސް ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.