Last Updated: April 20, 06:38
Saturday, April 20, 2024
މުނިފޫހިފިލުވުން

106 އަހަރުގެ އެއިލީން ވަރުބަލިކަމެއްނެތި ނެށުމުގައި

އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން 106 އަހަރުގެ އެއިލީން ކްރޭމާއަކީ އޭނާގެ ނެށުމުގެ ހުނަރުގެ ސަބަބުން އެތައް ބައެއްގެ ހިތް ފަތަހަ ކުރަމުންގެންދާ އަންހެނެކެވެ.

އެއިލީން އެންމެ ފުރަތަމަ މީހުންގެ ތައާރަފް ވެގެން ދިޔައީ ދުވަސްވީ މީހުން ބަލަހައްޓާ ފެސިލިޓީއެއްގައި ހުރެގެން އޭނާ ލިޔުނު ވާހަކަ ފޮތެއްގެ ސަބަބުންނެވެ. އެ ފޮތް ވަނީ ލިޔެ ބާޒާރަށް ނެރެފައެވެ. އެވަރުން ނިންމާލީކީ ނޫނެވެ. އޭނާއަކީ މޮޅު ކުރެހުންތެރިއެކެވެ. މޮޅެތި ކުރެހުމުގެ މުބާރާތްތަކުގައި އޭނާ ބައިވެރިވެ ކުރެހުންތައް ދައްކާލާފައިވެއެވެ.

އެއިލީން އޭނާގެ އުފަން ގައުމަށް އެނބުރި އައިސްފައިވަނީ އުމުރުން 99 އަހަރުގައެވެ. އެއަށް ފަހު އޭނާ ބޭނުންވީ އޭނާ އެންމެ ކުރާ ހިތްވާ ކަންތައް ކަމަށްވާ ޑާންސް ވީޑިއޯތައް ހެދުމަށެވެ. އޭނާ ދައްކަން ފެށި ނެށުމުގެ ހަރަކާތްތަކާއިއެކު އޭނާގެ ނަން ވިދަން ފެށިއެވެ. ގިނަ ބަޔަކަށް ކަމުގޮސް އެ އުމުރުގައި ނެށުމުގެ ހަރަކާތް ދައްކަމުންދާތީ ގިނަ ބަޔަކު ބަލަން ބޭނުންވާ ފަރާތަކަށް އޭނާ ވެގެން ދިޔައެވެ.

އޭނާ ވަނީ ބޮޑެތި ޑާންސް ފެސްޓިވަލްތައް ކަމަށްވާ އެޑްލެއިޑް އަދި ބްރިސްބޭން ގައި ވެސް ބައިވެރިވެފައެވެ. ފިލްމެއްގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް އޭނާ ވަނީ 3 ވާހަކަ ފޮތް ލިޔެފައެވެ.

އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ޑިކްޝަނަރީގައި "މުސްކުޅި" އަދި "އުމުރު" މި ދެ ބަހަށް ޖާގައެއް ނެތެވެ.