Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ލަވަކިޔުންތެރިޔާ ޝްރެޔާގެ ދަރިފުޅަށް ކިޔާފައިވާ ނަމަކީ "ދެވްޔާން"

މަޝްހޫރު އިންޑިއާގެ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލްއަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގައެވެ. އެ ކުއްޖާއަށް ނަންކިޔާފައި އެނަން އޭނާ ވަނީ އޭނާގެ ސަޕޯޓަރުންނަށް އާންމު ކޮށްފައެވެ. އެ ކުއްޖާއަށް ކިޔަނީ "ދޭވްޔާން މުކޯޕަދްޔާޔާ" އެވެ.

ކުއްޖާއަށް ނަންކިޔުމަށްފަހު އެ އުފާ އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް އާންމުންނާއި ހިއްސާ ކޮށްފައެވެ.

މީގެ ކުރިން ޝްރެޔާއަށް ވަނީ ފިރިހެން ކުއްޖަކު ވެސް ލިބިފައެވެ. އެ ފަހަރު ވެސް ބަނޑުބޮޑުވީ ހިސާބުން ފެށިގެން ވިހެއުމާއި ހަމަޔަށް ހުރިހާ މުހިއްމު ޚަބަރެއް އޭނާ ވަނީ އޭނާގެ ފޭނުންނާއި ހިއްސާ ކޮށްފައެވެ.

ޝްރެޔާއަކީ ރީތި ލަވަތަކެއް ބޮލީވުޑަށް ކިޔާދީފައިވާ ފަންނާނެކެވެ. އެގޮތުން ފިލްމް ޕަރިނީތާގެ ލަވަ "ޕިޔާ ބޯލޭ"، ފިލްމް ޖިސްމުގެ ލަވައެއް ކަމަށްވާ"ޖާދޫ ހޭ ނަޝާހޭ"، ފިލްމް ގުރޫގެ "ބަރްސޯ ރޭ"، ފިލްމް ޑާޓީ ޕިކްޗާގެ'އޫލާލާ" ފަދަ ލަވަ ތަކަކީ ފާހަގަކޮށްލެވޭ ލަވަތަކެވެ.