Last Updated: July 6, 22:22
Monday, July 7, 2025
ވިޔަފާރި

މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަން އިން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ދަތުރުތައް މެދުކަނޑާލަން ނިންމީ ބަންގްލަދޭޝްގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން އެގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށެވެ.

އެގޮތުން ބަންގްލަދޭޝްގެ ޑާކާ އަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުރާ ދަތުރުތައް ވަކި ގޮތެއް އަންގަންދެން މެދުކަޑާލާފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އަދި މި މަހުގެ ހަތަރުވަނަ ދުވަހަށް ތާވަލުކުރި ޑާކާ ފްލައިޓް މިހާރު މާދަމާ މެންދުރު 2:25 ގައި ފުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.