ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ލިބިއްޖެއެވެ.
އުމުރުން 29 އަހަރުގެ ޑިބްރޭނާ މި މަގާމު ހޯދީ މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިން ކަމަށްވާ އިލްކާއި ގުންޑޮގާން އާއި ފިލް ފޮޑެން އާއި ރުބެން ޑިއާސްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފަނާންޑޭސްގެ އިތުރުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއާ ވާދަކޮށެވެ.
މިއީ މި އެވޯޑު ޑިބްރޭނާ ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. ޑިބްރޭނާ އަކީ މި އެވޯޑު ޖެހިގެހިގެން ދެ ފަހަރަށް ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މި އެވޯޑު ޖެހިޖެހިގެން ދެ ފަހަރަށް މީގެކުރިން ހޯދާފައިވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ޑިބްރޭނާ މި އެވޯޑު ހޯދިއިރު ސިޓީން ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގު އަދި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.
ޕީއެފްއޭ މޮޅު ކުޅުންތެރިއާގެ އެވޯޑު ޑިބްރޭނާ ހޯދިއިރު އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ އުމުރުން 21 އަހަރުގެ ފޮޑެންއެވެ. އަދި ޕީއެފްއޭ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދީ ޗެލްސީގެ އަންހެން ޓީމަށް ކުޅެމުން އަންނަ ފޯވާޑް ފްރޭންކް ކާބީއެވެ.