މާލެސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެސިޓީ ކައުންސިލަކީ ޓްރާންސްޕޭރެންޓް ކައުންސިލަކަށް ހެދުމަށްޓަކައި ކައުންސިލްގެ ޖަލްސާތައް ލައިވްކުރުމަކީ ކައންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާގައި ފާސްކޮށްފައިވާ އެސްއޭޕީ ގައި ކަނޑައަޅާ ފާސްކޮށްފައިވާ ކަމެއްކަމަށެވެ
އަދި އެކަމަށް އޮފީހުގެ އައިޓީ އިންތިޒާމުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މުއިއްޒުގެ ޓްވީޓްގައިވެއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވެފައިވަނީ ޓްރާންސްޕޭރެންސީ ކަށަވަރުކުރުމަށްޓަކައި ހުރިހާ ކައުންސިލަރުންގެ މާލީ ތަފްސީލުތައް ވެބްސައިޓުގައި ޝާއިއު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
Adhi transparency kashavaru kurumattakaa hurihaa councillors maalee thafseel thah website gai emmenah fennahen shaaiu kurumakee kommehen kuranjeheyne kameh. (2/2)
— Dr Mohamed Muizzu (@MMuizzu) June 9, 2021
ރާއްޖޭގައި ކައުންސިލެއްގެ ޖަލްސާ އަދި ލައިވްކުރަމުންދާ ހަމައެކަނި ކައުންސިލަކީ އައްޑުސިޓީ ކައުންސިލެވެ.