Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

މައްސަލަ ޖެހިގެން އުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ބަޔަކު ޖެހުމުން: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު - ފޮޓޯ: މަޖިލިސް

މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގައި ބަޔަކު ޖެހިގެން އުޅޭތީ ކަމަށް އުގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މެމްބަރުން މަޖިލީހަށް ހޮވުނީ ވަކި މީހެއްގެ ފޮޓޯއެއް ދައްކައިގެން، ވަކި މީހެއްގެ އަތުގައި ހިފައިގެން ނުކުތީތީ ނޫންކަމަށެވެ.

އެހެންނަމަވެސް އެ މެމްބަރުން މަޖިލީހަށް ހޮވިފައިވަނީ އެޖެންޑާ19 ވިއްކައިގެންކަން ވައްޑެ ފާހަގަކުރެއްވި އެވެ.

އަދި ވިދާޅުވީ، މައްސަލަ ޖެހިގެން މިއުޅެނީ ބައެއް ވަޒީރުންގެ ކޮރަޕްޝަނުގެ އަވައިގާ ޖެހިގެން ވަކި ބަޔަކު އެޖެންޑާ19 ތަންފީޒު ކުރުމަށް ހުރަސް އަޅަން ފެށުމުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވެ ޖަވާބު ނުދޭނެކަމަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ސިޓީ ފޮނުވާފައިވާއިރު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބެލުމަށް ރައީސް މުހައްމަދު ނަޝިދު ހުށަހެޅުމުން އެ ކޮމިޓީން ވަނީ އެ މައްސަލަ ބޭރުކޮށްފައެވެ. އަދި އެ މައްސަލަ ބޭރުކުރުމުގައި އެމްޑީޕީ މެމްބަރުންވެސް ވޯޓު ދެއްވާފައިވެއެވެ. އެއާ އެކު އެމްޑީޕީގެ އެެތެރޭގައި ހާއްސަކޮށް މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.