ސިޔާސީ މަގާމެއްގައި ހުރިހާ ދުވަހު ސަރުކާރު ދިފާއު ކުރާނެ ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ މަޝްރަހު ހޫނު ވެފައިވާއިރު، މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާ ހުރި ސްޓޭންޑް އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން ސާފުކޮށްދޭން ބޭނުންވާކަމަށެވެ.
އެގޮތުން މޫކޭ ވިދާޅުވެފައިވަނީ، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރިހާ ހިނދަކު، ސަރުކާރަށް އަމާޒުކުރާ ހަމަލާތަކުގެ ދިފާއުގައި ބަސް ނުބުނާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެންނޫނީ ސިޔާސީ މަގާމްތަކުގައި ތިބުުގެ މާނައެއް ނެތްކަމަށްވެސް މުކޭ ވިދާޅުވެފައިވެއެވެ.
Alhugandu huri stand olhun araa faraaiythakah saafu kolla dheyn beynun. Kaaliyas Sarukaaruge siyaasee magaamehga hurihaa hindhaku sarukaarah amaazukuraa hamalaa thakuge dhifaauga bas nubunaane evves gotheh noannaane. Ehen noonee siyaasee magaam thakuga thibumuge maanaeh neh.
— Moosa Ali Manik 🇲🇻 (@VMookey) June 9, 2021
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާނެ ކަމަށްބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒަމީލް ސޮއިކޮށް މަޖިލީހަށް ސިޓީ ފޮނުވުމުން، އޭނާގެ މައްސަލަ ބެލުމަށް އިމްތިޔާޒް ކޮމިޓީއަށް ފޮނުވުމުން، އެ ކޮމިޓީން އެ މައްސަލަ ބޭރުކޮށްލި ހިސާބުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ގައިމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވަކުވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރަން ބާރުއަޅުއްވަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ސޯލިހް އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ އެ މައްސަލައިގައި މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ހުރަސް ނާޅާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.