Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ގައުމުގެ މިނިވަންކަން ދަނީ އިންޑިއާއަށް ވިއްކާލަމުން: ހުސައިން

މެމްބަރު ހުސައިން މުހައްމަދު ލަތީފް--

ގައުމުގެ މިނިވަންކަން އިންޑިއާއަށް ވިއްކާލަމުންދާކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދު ގައުމު ހިންގަން ތިބި ބަޔަކު، ގައުމުގެ މިނިވަންކަން އިންޑިއާއަށް ވިއްކާލަމުންދާކަމަށެވެ.

ޓްވީޓްގަިއ ހުސައިން ވިދާޅުވެފައިވަނީ މާދަމާ ދަރިން އުޅޭނެ ހާލާއިމެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ރައްޔިތުން މި ކަންކަމަށް އަވަސް ނިންމުންތަކެއް ނިންމަންޖެހޭކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުސައިންގެ ޓްވީޓް އަމާޒުކުރައްވާފައިވަނީ ސީދާ ކޮންކަމަކަށްކަން ސާފުކޮށް ބަޔާންނުކުރި ނަމަވެސް، އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމާ މެދު އިދިކޮޅުން އަންނަނީ ފާޑުކިޔަމުންނެވެ. ހާއްސަކޮށް އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމާ ދެކޮޅަށް އަޑުއުފުލާއިރު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިންޑިއާގެ ބޭފުޅަކު އައްޔަނު ކުރުމުން އެކަމަށް ވެސް އަންނަނީ ފާޑުކިޔަމުންނެވެ.