އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަނު ކުރަންވާނީ ދިވެއްސެއް ކަމަށް އެމްއެންޑިއެފްގެ ކުރީގެ ކެޕްޓަލް އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރީ ދިވެހިރާއްޖެއިން ކަމަށާއި، އެހެންކަމުން ޗީފް އޮފް ސްޓާފަކަށް ހުންނަންވާނީ ދިވެއްސެއްކަމަށެވެ.
އަދި މިިމަގާމަށް ބޭރު މީހަކު އައްޔަނު ކުރާނަމަ، ފޮރިން މިނިސްޓަރުކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދޭންޖެހޭނެކަމަށާއި އޭރުން ދެ އޮފީސް ވަކި ވާންޖެހޭކަމަށްވެސް ވެސް އިހުސާންގެ ވިދާޅުވެފައިވެއެވެ.
UN General Assembly ge Raeesge Gondi Kaamiyaabu kuree Dhivehi Raajje in kamah vaathee Chief of Staff akah hunnanvaanee Dhivehsseh. Adhi mimaqaamah Beyrumeehaku ayyan kuraanama @MoFAmv ge vazeerukamun @abdulla_shahid isthiufaa dhehvan vaane. Mi 2 office vaki vaan jehey! https://t.co/9aGZgFIFnf
— Ali Ihusaan (@ali_ihusaan) June 9, 2021
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ހަމަޖައްސާފައިވަނީ އިންޑިއާ ބޭފުޅެކެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އެމެރިކާގައި ހުންނަވާ ދިވެހި ސަފީރު ތިލްމީޒާ ހުސެއިން އަދި ޗީފް އޮފް ސްޓާފްގެ މަގާމަށް އދ. ގައި ހުންނަ އިންޑިއާ މިޝަނުގެ ޑެޕިއުޓީ މަންދޫބު ނަގަރާޖް ނައިޑޫ ކުމާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.