Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ސަރުކާރު ދާގޮތްފެނި ހިތަށް ކުރަނީ "އަމަށަކު އަސަރެއް ނޫން": ދިޔާނާ

ކުރީގެ އޭޖީ ދިޔާނާ ސައީދު - ފޮޓޯ: ސަން

މި ސަރުކާރުގެ ކަންކަން ދާގޮތުން ހިތަށް އުނދަގޫވާކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވުމުން އޭނާ މަގާމުގެ މަސްއޫލިޔަތުތަކުން އެކަހެރި ކުރި ހަބަރު ޝެއާކޮށް ދިޔާނާ ކުރި ޓްވީޓްގައި ބުނެފައިވަނީ ސަސްޕެންޑް ކުރުމަށްފަހު ސަސްޕެންޑް އުވާލާ ކަމަށާއި، އަދި އަނެއްކާވެސް ފެންނަނީ ސަސްޕެންޑްކުރާ ތަންކަމަށެވެ. އަދި މިއީ ކޮންމެ މަދަރުސާއެއްގެ އިދާރާބާއޭ ހިތަށްއަރާ ފަހަރު އަންނަކަމަށް ދިޔާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދިޔާނާ ވިދާޅުވެފައިވަނީ ހެޔޮ ބަދަލަކަށް އެދި އެތައް ބަޔެއްގެ އެތައް ގުރުބާނީއަކުން ގެނައި ސަރުކާރު ދާގޮތްފެނުމުން "ހިތަށް ކުރަނީ އަމަށަކު އަސަރެއް ނޫން" ކަމަށެވެ.

އެމްއެމްޕިއާރްސީގެ މައްސަލައިގައި މީގެ ކުރިންވެސް މަހުލޫފް މައްސޫލިޔަތުން އެކަހެރި ކުރިއެވެ. އެހެންނަމަވެސް އެފަހަރު މަހުލޫފްގެ މައްސަލައެއް ނެތްކަމަށް އެންގުމުން އަލުން އޭނާ ވަޒީފާއަށް ނެރުނު އިރު، އިއްޔަ އޭސީސީންވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.