Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް

ފޮޓޯ: އެމްޑީޕީ

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ "މޭ ހައެއް ގަރާރު" އަށް ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 09:00 ގައެވެ.

މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ ރައީސް ނަޝީދުއަށް ދިން ހަމަލާއާ ގުޅިގެން ހުށަހަޅާ "މެއި ހަޔެއް ގަރާރް" އަށް ގޮތެއް ނިންމުމެވެ.

"މއި ހަޔެއް ގަރާރު"އަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެ ހަމަލާ ހިނގި ގޮތާއި ހިންގުވި މީހުންނާއި ފައިސާ ހަރަދުކުރި ބަޔަކާއި އެކި ގޮތްގޮތުން ހަމަލާއަށް ހިތްވަރުދީ ވާގިވެރިވި މީހުން ގާނޫނީ އިމުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެންދާތީ އެކަން ބެލުމަށް އެމްޑީޕީން ކޮމިޓީއެއް އެކުލަވާލުމަށް ގޮވާލާފައިވާ ގަރާރެކެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ޕާލިމެންޓަރީ އިންކުއަރީއެއްވެސް ކުރިއަށް ގެންދަމުންނެވެ.

މި ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އަދި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ.