Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

ތިނަދޫ އިން ޕޮޒިޓިވްވި ބިދޭސީއަކު ގެއްލިގެން ހޯދަނީ

ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ތިނަދޫގައި ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމަށްވާ "ގާފު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ މިއަދު މަސައްކަތަށް ދިޔަ ފަހުން އެނބުރި ގެއަށް އަދި ނުދެއެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ކޮންޓެކްޓް ޓްރޭސިން ޓީމާއި ތިނަދޫ ކައުންސިލާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

ތިނަދޫގައި މިވަގުތު ކޮވިޑްގެ 109 އެކްޓިވް ކޭސް އުޅޭއިރު، ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި މި ބަލީގައި އެކަކު ވަނީ އެ ރަށުން ނިޔާވެފައެވެ.