Last Updated: June 21, 08:57
Monday, June 21, 2021
ޚަބަރު

ދަރިވަރަކާއި ބެހުނު ދިވެހި އަންހެން ޓީޗަރެއްގެ މައްސަލަ ބަލަނީ

ދަރިވަރަކާއި ބެހުނު ދިވެހި އަންހެން ޓީޗަރެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ (ނ، ފ، ބ، ޅ.) އަތޮޅުގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ ދިވެހި އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ އަންހެން މީހާގެ ފަރާތުން އިތުރު ކުދިންތަކަށް ވެސް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.