Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

އައްޑޫ އިން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވޭ

އައްޑޫ ސިޓީ އިން އެއްވެސް މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އައްޑޫ އިން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައި ނުވާއިރު، މިއީ ކޮވިޑްގެ ކޭސްތައް އައްޑޫ އިން ފެންނަން ފެށިފަހުން މީހަކު ޕޮޒިޓިވް ނުވި ދެވަނަ ދުވަހެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 39 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި ހަތް ކޭސް، މަރަދޫގައި ތިން ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 51 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 10 މީހުން ރަނގަޅުވެ، އަދަދު ވަނީ 268 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ވެސް ފަރުވާ ދެމުން ނުދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.