Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

ބުކް ޕޮއިންޓްގެ "ސްކޫލް ސީޒަން 2014" ފަށައިފި

ސ. ހިތަދޫގައި ފޮތާއި ސްޓޭޝަނަރީ ވިއްކާ ބުކް ޕޮއިންޓުން އަންނަ އަހަރުގެ ފޮތް ލިސްޓަށް ފޮތް ވިއްކުމަށް "ސްކޫލް ސީޒަން 2014" ފަށައިފި އެވެ.

އެ ތަނުން ބުނީ ފޮތް ލިސްޓަށް ބޭނުންވާ ހުރިހާ ސާމާނެއް އެތަނުން ފަސޭހަ ކަމާ އެކު ލިބޭނެ ކަމަށެވެ.

އެގޮތުން ފެންވަރު ރަނގަޅު އެސްޓާސް މޮނިޓަރު ފޮތާއި ލިޔެ ކިއުމަށް ބޭނުން ކުރާ ހުރިހާ ސާމާނެއް ލިބޭނެ ކަމަށެވެ.

އަދި އެންމެ ފުރަތަމަ ބުކް ޕޮއިންޓާ ފޮތް ލިސްޓް ހަވާލު ކުރާ ދަރިވަރަކަށް އެއް އަހަރު ދުވަހު، ޕްރިންޓް ކުރަން ބޭނުންވާ ހުރިހާ އެއްޗެއް ޕްރިންޓް ކުރަން "ޕްރިންޓިން ޑިސްކައުންޓް ކާޑެއް" ވެސް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކޮންމެ ޕްރީ ސްކޫލް ފޮތް ލިސްޓަލަށް ހިލޭ ލިބޭ ހަދިޔާ އާއި ބޭނުންވާ ތަނަކަށް ފޮތް ލިސްޓުގެ ހުރިހާ ސާމާނެއް ހިލޭ ގެންގޮސްދޭ ގޮތަށް ވެސް ބުކް ޕޮއިންޓުން ވަނީ ހަމަޖައްސައިފަ އެވެ.