Last Updated: April 26, 22:09
Friday, April 26, 2024
ވިޔަފާރި

އެމްޓީސީސީން ހިއްސާއަކަށް ތިން ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާ އަކަށް ތިން ރުފިޔާ ބަހަން މިއަދު ފާސްކޮށްފި އެވެ.

އެމްޓީސީސީގެ ބޯޑުން ހުށަހެޅި ގޮތަށް ފައިދާ ބަހަން ނިންމީ މިއަދު އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. މި ޖަލްސާގައި ބައިވެރިވީ 30 ހިއްސާދާރުންނާއި ހަތް ޕްރޮކްސީއާ އެކު ޖުމުލަ 37 ހިއްސާދާރުންނެވެ.

އެ ޖަލްސާގައި އަންނަ އަހަރު އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާޕާސަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، ސީއޯއޯ ޝާހިދު ހުސައިން މޫސާ އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ އާއި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު އިމްރާން އަދުނާް (މ. މެއިން، މާލެ) އާއި ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.