Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ފިލްމް ޕްރޮޑިއުސަރ ރާޖް ކޯޝަލް މަރުވެއްޖެ

ރާޖް ކޯޝަލްއާއި އޭނާގެ އާއިލާ

މަޝްހޫރު ޓީވީ އެކްޓްރެސް މަންދިރާ ބޭދީގެ ފިރިމީހާ މަޝްހޫރު ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރެއް ކަމަށްވާ ރާޖް ކޯޝަލް މަރުވެއްޖެއެވެ.

ރާޖް މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރުވެފައިވަނީ ޖޫން 30 ވީ ބުދަ ދުވަހުގެ ފަތިހު 4:30 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ރާޖް ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ޕިޔާރް މޭ ކަބީކަބީ"، "ޕިޔާރްކޭ ލައްޑޫ"، އަދި "އެންތަނީ ކޯންހޭ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ރާޖްގެ ކުއްލިމަރުގެ ޚަބަރުން ބޮލީވުޑަށް ކުއްލި ސިހުމެއްވަނީ ލިބިފައެވެ. ރާޖްއާއި މަންދިރާގެ ކައިވެންޏަށް ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އެ ދެމަފިރިންނަށް ލިބިފައިވަނީ އެންމެ ފިިރިހެން ކުއްޖެކެވެ. ނަމަވެސް ދާދި ފަހުން އެމީހުން ވަނީ އަންހެން ކުއްޖެއް އެޑޮޕްޓް ކޮށްފައެވެ.

ފިލްމު އުފައްދާ ގިނަ ފަރާތްތަކުން ވަނީ ރާޖްގެ ކުއްލި މަރުގެ ޚަބަރަކީ ހައިރާން ކުރުވަނިވި ޚަބަރެއް ކަމަށް ބުނެފައެވެ. އަދި ހިތާމަ ފާޅުކޮށް ގިނަ ބަޔަކު ދަނީ ޓްވިޓާގައި ތައުޒިޔާގެ މެސެޖްތައް ޕޯސްޓް ކުރަމުންނެވެ.